ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަން ޖެހިދާނެކަމަށް ލަފައެއް ނުކުރެވޭ: ފައްޔާޒު

ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ކުރެވޭނެ ކަމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިއޮތްތާ 3 މަހަށްވުރެ ގިނަ ދުވަސްފަހުން ފަތުރުވެރިިންނަށް ރާއްޖޭގެ ބޯޑަރުތައް މިއަދުވަނީ އަލުން ހުޅުވާލާފައެވެ. އެގޮތުން ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ފުރަތަމަ ޖައްސާފައި ވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.

ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި ދުނިޔޭގެ ޙާލަތަށް ބަލާއިރުވެސް ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަންޖެހިދާނެކަމަށް ލަފާނުކުރެވޭކަމަށެވެ.

“އޭރު [ވައިރަސް ފެނުނު އިރު] ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވިސްނަމުންދިޔައީ ވައިރަސް އަޔަ ނުދިނުމަށް. އެ ވިސްނުމުގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅަމުންދިޔައީ. އެހެން ނަމަވެސް މިހާރު މުޅި ދުނިޔޭގައި އެބައޮތް. ދެން އޮންނާނީ މި ކޮންޓެއިން ކުރުމާއި މެނޭޖް ކުރުން. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ދެނެއް ބޯޑަރުތައް ބަންދުވާނެ ކަމަކަށް.” މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ބޯޑަރު ބަންދުކުރަން ސިއްހީ ދާއިރާގެ ފަރާތްތަކުން ކަނޑައަޅައިފިނަމަ ސަރުކާރުން އެގޮތަށް އަމަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

  1. ރާއްޖޭގެ ބޯޑަރު ކުރިންވެސް ބަންދުކުރީ ފްލައިޓް ޖެއްސުން މުޅިން ހުއްޓުނީމައެވެ. ދެންވެސް އެކަން ތަކުރާރު ވެއްޖެ ނަމަ، ބޯޑަރ ބަންދު ކުރަން މަޖުބޫރު ވާނެއެވެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!