ސޮނޭވާ އިން ޕޮޒިޓިވްވި މީހާގެ ދެވަަނަ ސާމްޕަލް ނެގެޓިވް

ސޮނޭވާފުށި ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓްގެ ނަތީޖާއިން ދެއްކި މުވައްޒަފުގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.

ސޮނޭވާގެ ސީއީއޯ ސޯނޫ މިއަދު ވިދާޅުވީ އެ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުން ޓެސްޓު ކުރުމުގެ މަރުހަލާގެ ތެރެއިން މުވައްޒަފަކު ޕޮޒިޓިވްވި ކަމަށާއި އެޗްޕީއޭގެ އެންގުމުގެ މަތިން ދެވަނަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މުވައްޒަފު އައިސޮލޭޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުވައްޒަފުގެ ދެވަނަ ޓެސްޓުގެ ނަތީޖާ ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށާއި އެހެންކަމުން ފުރަތަމަ ޓެސްޓުގެ ނަތީޖާ އަކީ ފޯލްސް ޕޮޒިޓިވް ނަތީޖާއެއް ކަމަށް ލެބުން އަންގާފައިވާ ކަމަށްވެސް ސޯނޫ ވިދާޅުވިއެވެ.

އެރިޒޯޓުން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ސާމްޕަލް ޓެސްޓް ޕޮޒިޓިވްކަމަށް ދެއްކި ނަމަވެސް އޭނާގެ ކިބައިގައި ބަލީގެ އެއްވެސް އަލާމާތެއް ނެތެވެ.

އެރިޒޯޓުގެ މުވައްޒަފުންގެ ޓެސްޓްތައް ހަދާފައި ވަނީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ޤާއިމްކޮށްފައިވާ ކޯވިޑް ޓެސްޓް ސެންޓަރުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!