ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަނީ

ރޮދިރޯލަކާއި ތިން އެއަރޕޮޑުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ 2020 ޖުލައި 3 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ކަނބާއައިސާ ރަނިހިނގުން، އެސްޓިއޯ ހެޑް އޮފީސްކައިރިން  ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ރޮދި ރޯލަކާއި އެމީހާ އެވަގުތު ހުރި ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން އެއަރޕޮޑެވެ.

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 06195 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!