ހިޔާ މަޝްރޫއުގައި ވުޖޫދުގައި ނެތް 2500 ފްލެޓް ދޭން ނިންމި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފިއެވެ

ހުޅުމާލޭގައި އިމާރާތްކުރަނީ 7،000 ފްލެޓް ކަމަށާއި 2500 ފޮލެޓް އެއީ ވުޛޫދުގައި ވެސް ނެތް ތަނެއްކަމަށް ވެސް އެ ކޮމިޓީއިން ހާމަ ކުރިއެވެ. މީގއ އިތުރުންވެސް ކުރީގެ ސަރުކާރުން ބޭއިންސާފުން ފްލެޓް ދިން ކަމުގެ ޝަކުވާތައް ބަލަން މި ސަރުކާރުން އެކުލަވައިލި ކޮމިޓީގެ މެމްބަރުންނާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ބައްދަލުކޮށް މައުލޫމާތު ހޯދައިފަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވީ ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް ވަކިވަކިން ބަލައި އެކި ކެޓަގަރީތަކުން ލިސްޓްތައް އެކުލަވައިލަމުން އަންނަ ކަމަށެވެ. އެ ލިސްޓުތައް ނިމޭވަރަކުން އާއްމުކުރަން ނިންމާފައިވާ އިރު ފުރަތަމަ ލިސްޓް މިމަހު އާންމު ކުރެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

ހިޔާ މަޝްރޫއުން ފްލެޓަށް އެދި ހުށަހެޅި ކަމަށް ކޮމިޓީ އަށް ލިބުނީ 25،243 ފޯމެވެ. އަދި މިހާތަނަށް އިވެލުއޭޓްކޮށް ނިމުނީ 21،900 ފޯމު ކަމަށާއި ހިޔާ މަޝްރޫއަށް ކަނޑައެޅި 7،000 ފްލެޓުން ގުޅީފަޅަށް 140، ގާކޮށި/ އަރަބިއްޔާ މަޝްރޫއަށް 160 ފްލެޓް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަޝްރޫއުގައި ބާކީ ހިމެނެނީ 6،420 ފްލެޓް (16 ޓަވަރުގެ ގްރައުންޑް ފްލޯގައި މިހާރު ފްލެޓެއް ނުހުންނާނެ ކަމަށެވެ.

ކޮމިޓީން ބުނިގޮތުގައި އޮގަސްޓް، 2019 އާ ހަމައަށް ފްލެޓް ކޮމިޓީން އިވެލުއޭޓްކޮށްފައި ވަނީ 11،000 ފޯމެވެ. އެކަމަކު ކޮމިޓީ އަށް އާ މެމްބަރުންތަކެއް އައްޔަންކޮށް، ޖޫން، 2020 ގެ ނިޔަލަށް 23،000 ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!