ސޮނޭވާފުށިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސޮނޭވާފުށި ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފެއް ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނެވާފުށީގައި މަސައްކަތް ކުރާ އެ މުވައްޒަފުގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު، ދެ ވަނަ ޓެސްޓެއް ހެދުމަށް މިހާރު ވަނީ ސާމްޕަލް ފޮނުވައިފަ އެވެ.

ފައްސިވި މުވައްޒަފަކީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ސީދާ ގޮތެއްގައި ބައިވެރިވާ މީހެއް ނޫނެވެ. ނަވަމެސް ރިސޯޓަށް އިތުރު ފަތުރުވެރިން އަންނާތީ ރިސޯޓަށް އައި މުވައްޒަފެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!