ވެށިފަހި މާލެ ޕްރޮގުރާމުގެ އެއްވެސް ލިޔުމެއް ސަރުކާރުގެ ތެރެއިން ފެންނާކަށް ނެތް: އަސްލަމް

ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުން ސަރުކާރުގެ ތެރެއިން ފެންނަން ނެތްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ކުރެއްވި ސުވާލުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވެށިފަހި މާލޭގެ ޕްރޮގުރާމުތަކުގެ ތެރެއިން ފްލެޓަށް އެދުނު މީހުންގެ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނެތްކަމަށެވެ.

މިއީ އެތައްބައެއްގެ ހައްގު އެކުލެވޭ ކަމަކަށްވާއިރު، މިކަމުގެ ލިޔެކިޔުންތައް ދައުލަތުގެ އެއްވެސް ވުޒާރާއެއްގައި ނެތުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އެއްސަރުކާރުން އަނެއްސަރުކާރަށް ހިންގުން ބަދަލުވާ ކޮންމެފަހަރަކު ދައުލަތުގެ މުހިންމު ލިޔެކިޔުންތައް ގެއްލިގެންދާނަމަ އެއީ ކަންބޮޑުވާންޖެހޭކަމެއް ކަމަށާއި އަދި މިއީ ތަހުގީގެއް ހިންގައިގެންވެސް ބަލަންޖެހޭ ކަމެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހު މާލެ ޕްރޮގްރާމުގެ ދަށުން ލިޔުމެއް ދީފައި އޮތް ކޮންމެ ފަރާތެއް ވެސް އެލިޔުން ގެނައުމުން ވެރިފައި ކުރެވޭނަމަ އެ ލިޔުމަކަށް އަމަލުކުރަން ނިންމައިފައިވާކަމަށެވެ. އެގޮތުން ލިޔުމެއް ގައި އޮތީ ބިންކޮޅެއް ލިބެން ކަމަށްވާނަމަ އެލޔުމާއި އެއްގޮތަށް ކަންކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް ލިޔުމެއް ނެތްނަމަ ދެން ކުރެވޭނެ ކަމެއްނެތްކަމަށް ވެސް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!