އޮންލައިންކޮށް ހެލްތް ޑިކްލަރޭޝަން ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި

ރާއްޖެއަށް އަންނަ ދަތުރުވެރިންނާއި ރާއްޖެއިން ފުރާ ދަތުރުވެރިން ގެ “ޓްރެވެލާ ހެލްތް ޑެކްލަރޭޝަން ފޯމު” އޮންލައިން ކޮށް ހުށަހަޅާގޮތަށް ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު 15 ޖުލައިގައި އަލުން ހުޅުވާލާއިރު، ރާއްޖެއަށް އަންނަ ދަތުރުވެރިންނާއި ރާއްޖެއިން ފުރާ ދަތުރުވެރިން ‘ޓްރެވެލަރ ހެލްތް ޑިކްލަރޭޝަން’ ފޯރމް އިމިގްރޭޝަނަށް ހުށަހަޅުއްވަން ވާނެ ކަމަށެވެ.

އެގޮތުން ރާއްޖެ އަންނަ ދަތުރުވެރިން ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން، އަދި ރާއްޖެއިން ފުރާ ދަތުރުވެރިން ރާއްޖެއިން ފުރުމުގެ 24 ގަޑިއިރު ކުރިން، މިފޯމް އޮންލައިންކޮށް ފުރުމަށްފަހު ހުށަހަޅުއްވަން ވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ފޯމު ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، “އިމުގާ” މެދުވެރިކޮށެވެ.

ޕޯޓަލްއަށް ވަނުމަށް ފަހު “Traveller Health Declaration” ނެެގުމުން މިކަމަށް ހާއްސަ ފޯމު ފެންނާނެ އެވެ.

“އިމުގާ” ޕޯޓަލްއަށް ޒިޔާރަތްކުރެވޭނީ imuga.immigration.gov.mv އިންނެވެ. އަދި އިމިގްރޭޝަންގެ ވެބްސައިޓް، www.immigration.gov.mv އަށް ގޮސް، މެނޫ ބާ އިން “އިމުގާ” ޕޯޓަލް ހިޔާރު ކުރުމުން ވެސް މިޕޯޓަލްއަށް ޒިޔާރަތް ކުރެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!