ނައިފަރު ނަރުދަމާގެ ބާކީ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމައިފި

ޅ. ނައިފަރުގެ ނަރުދަމާ މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވައިލުމާއެކު، އެމަސައްކަތުގެ ބާކީހުރި ކަންކަން ނިންމަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ނައިފަރުގެ ނަރުދަމާގެ މަޝްރޫގެ އެއްބަސްވުން އުވާލި މައްސަލައިގައި އެދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެއްބަސްވުން ހަވާލުކުރެވިފައިވަނީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. އެގޮތުން 2019 ޖެނުއަރީ ތިން ވަނަ ދުވަހާއި ހަމައަށް މަސައްކަތް ނިންމަންޖެހޭނެ ކަމަށާއި، އެހެން ނަމަވެސް ތިން ފަހަރެއްގެ މަތިން ކޮންޓްރެކްޓްގެ މަސައްކަތް ލަސްވެ އިތުރަށް ވެސް ދުވަސް ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަސައްކަތުގެ ކޮޓްރެކްޓް އުވާލި އިރު ނިމިފައިވަނީ 78 އިންސައްތަ ކަމަށާއި މަސައްކަތުގެ ސްޕީޑް ލަސްވެގެންނާއި މަސައްކަތުގެ ކޮލިޓީގައި ހުރި މައްސަލަތަކެއްގެ ސަބަބުން 22 ފަހަރު އެކަންކަން ފާހަގަކޮށްފައިވާކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓް ޓާމިނޭޓް ކުރީ އެނޫން ގޮތެއް ނެތިގެންކަމަށާއި އޮޕިޑާއި އެކު މަޝްވަރާ ކުރުމަށްފަހު އެ މަސައްކަތް އެމްޑަބްލިއުއެއްސީއާއި އެކު މަސައްކަތްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ނުވައެއް ޖުލައިގައި ޕްރޮޕޯސަލްއެއް އެމްޑަބްލިއުއެސްއީން ދީފައިވާ ކަމަށާއި ރިވައިޒް ކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި، އެކަންކަމަށްފަހު ލޯނަށް ހުށަހަޅާ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!