ޓެކްސް ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ އޮންލައިން ސިސްޓަމްގެ ތެރެއިން ޓެކްސްގެ އަދަދު ބަހާލައިގެން ދައްކާލެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މީރާއިން ބުނި ގޮތުގައި ފައިސާ ބަލައިގަތުމުގެ ހިދުމަތް ދެމުން ގެންދާނީ އޮންލައިން ޕޯޓަލް “ވާރު ޕޭ” އިން ކަމަށެވެ.

“ވާރު ޕޭ” ހިދުމަތް މެދުވެރިކޮށް މީގެ ކުރިން ވެސް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު ފީ އަދި ކަނޑު އުޅަންދުގެ އަހަރީ ފީގެ ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި މުދަލު ޒަކާތާއި މިނޫން ވެސް ބައެއް ފައިސާ ބަލައި ގަންނަމުން ދިޔަ އެވެ. ނަމަވެސް މީރާ އިން ވަނީ ވާރުޕޭ ގެ ހިދުމަތް އިތުރަށް ފުޅާކޮށްފަ އެވެ. މި ބަދަލާއެކު ހުރިހާ ފައިސާއެއް މީރާގެ އޮފީހަށް ނުގޮސް ބަލައިގަތުމުގެ ފުރުދަތު ލިބޭނެ އެވެ.

މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް ރެވެނިއު ސަރވިސް އަޙްމަދު ޝަރީފް ވިދާޅުވީ، ކުރިން އޮންނަނީ އޮންލައިން ސިސްޓަމްގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު އެއްކޮށް ދައްކަންޖެހޭ ގޮތަށްކަމަށެވެ. ނަމަވެސް މިހެން އޮތުމުގެ ސަބަބުން މީރާއަށް އޮންލައިންކޮށް ފައިސާ ދައްކާއިރު ބައެއް ފަރާތްތަކަށް ދަތިވާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން އަލަށް ގެނައި ބަދަލާއެކު ޓެކްސް ބަޔާނުގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު އޮންލައިން ސިސްޓަމްގެ ތެރެއިން ބަހާލައިގެން މިހާރު ދައްކާލެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!