ތިން މަސް ދުވަހަށް ފަހު ހޫނު މަރުހަބާއަކާއެކު ރާއްޖޭގެ ބޯޑަރު ހުޅުވައިފި

ތިން މަސް ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ބޯޑަރު މިއަދު އަލުން ހުޅުވާލިއިރު އެންމެެ ފުރަތަމަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.

ޤަތަރު އެއަރވޭސްގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 8:25 ގައެވެ. މި ފްލައިޓުން ރާއްޖެ އައި 128 ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހީނަރުވެފައި އޮތް ދިވެހި އިގްތިސޯދު އަލުން އަނބުރާ ނެގުމަށް ސަރުކާރުން ވަނީ ފަތުރުވެރިކަން ވަރަށް ބޮޑަށް އިޝްތިހާރު ކޮށްފައެވެ. އޮން-އެރައިވަލް ވިސާ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވިޔަސް ރާއްޖެއިން ލިބޭއިރު ކޮވިޑަށް ޓެސްޓުކުރެވޭ އިންތިޒާމު އެއާޕޯޓުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ޓެސްޓުކުރަނީ ހަމައެކަނި ބަލީގެ އަލާމާތްތައް ފެންނަން ހުރި ފަރާތްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!