ތުނބުޅި ހިރުވުން ހުއްޓުވާނީ ކިހިނެއް؟

ތުނބުޅިއަކީ ފިރިހެނެއްގެ ސިފައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއްޗެކެވެ. ނަމަވެސް ތުނބުޅި ހުންނަ މީހުންނަށް ބައެއް ފަހަރު ދިމާވާ ކަމަކީ، ތުނބުޅި ފަޅާފައި ހުންނަ ތަންތަން ހިރުވާތީ އުޅެން ޖެހުމެވެ. މިފަހަރު މި ބަލައިލަނީ، ހިރުވުމުންނާއި އެހެން މައްސަލަތަކުން ދުރުވުމަށް، ތުނބުޅި ގެންގުޅެންވީ ގޮތްތަކަށެވެ.

1. ކޮންމެދުވަހަކު ދޮވުން

ތުނބުޅިއަކީ ވެސް މޫނުގެ ބައެކެވެ. ވުމާއެކު ތުނބުޅީގެ ބޯމިނާއެކު ތެޔޮވެ، ބެކްޓީރިއާ އުފެދުމަށް ވެސް މަގުފަހިވެއެވެ. ބައެއް ފަހަރު ބެކްޓީރިއާގެ ސަބަބުން އިންފެކްޝަން އުފެދެން، ގަދަޔަށް ހިރުވުން ވެސް ދިމާވެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު އާދަވެގެން މޫނު ދޮންނައިރު ތުނބުޅިވެސް ދޮވެލަން ވާނެއެވެ. މަދުވެގެން ދެފަހަރު ދޮވުމުން ރަނގަޅު ވާނެއެވެ. އަދި ބޭނުންނަމަ މޫނު ދޮންނަ ފުޅިއަކުން، ނުވަތަ ތުނބުޅިއަށް ހާއްސަކޮށް ހުންނަ ޝޭމްޕޫއަކުން ވެސް ދޮވެލެވިދާނެއެވެ.

2. ދާހިތްލުމުން ދުރުކޮށްދީ

ތުނބުޅިން ދާހިތްލާފައި މާގިނައިރު ހުރިޔަ ނުދެއްޗެވެ. ބޭރުގައި އުޅޭއިރު ތެތް ޓިޝޫއިން ތުނބުޅި ސާފުކޮށްލުން މުހިއްމެވެ. ދާހިތްލުމަކީ ބެކްޓީރިއާ އުފެދުމަށް މަގުފަހިވާ ކަމެކެވެ.

3. މޮއިސްޗަރައިޒް ކުރުން

ތުނބުޅީގެ އިސްތަށްޓާއި ބޮލުގެ އިސްތަށި ތަފާތެވެ. ނަމަވެސް، ބޮލުގެ އިސްތަށިގަނޑަށް އަޅައިލާ މިންވަރަށް ތުނބުޅިއަށް ވެސް އަޅައިލާން ވާނެއެވެ. އެގޮތުން، ތުނބުޅީގައި ގޮށްޖެހި ކަންތައްތައްވުމުން ދުރުކޮށްދިނުމަށް، ޤަވާއިދުން މޮއިސްޗަރައިޒް ކުރަން ވާނެއެވެ. ބޮޑަށް ސަމާލުކަން ދޭންވާނީ ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން މޮއިސްޗަރައިޒް ކުރުމަށެވެ. އޭގެތެރޭގައި އެލޮ ވޭރާ އަދި ކާށިތެޔޮ ފާހަގަކޮށްލެވެއެވެ.

4. ކޮޅުތައް ކޮށުން

ބޮލުގެ އިސްތަށިގަނޑެކޭ އެއްފަދައިން، ތުނބުޅިވެސް ޓްރިމް ކުރަން ވާނެއެވެ. ޓްރިމް ނުކޮށް އެގޮތް މިގޮތަށް ފަޅަން ދޫކޮށްލާނަމަ، އަނެއްކާވެސް ބެކްޓީރިއާގެ ހާއްޔަކަށް ވެދާނެއެވެ. އަދި މިއީ ބަލައި ބެލުމަށްވެސް ރީތި ކަމެއް ނޫނެވެ. އެހެންކަމުން، ވަކި ދުވަސް ދުވަސް ކޮޅަކުން ތުނބުޅީގެ ކޮޅުތައް ކޮށައި އެއްވަރު ކޮށްލާށެވެ.

5. ފުނާ އެޅުން

ތުނބުޅީގައި ކޮންމެދުވަހަކު ފުނާ އަޅައި، ރީތިކޮށް ބަހައްޓާށެވެ. ނޫންނަމަ ވަރަށް ފަސޭހައިން އޮޅުންބޮޅުންވެ ގޮށް ޖެހޭނެއެވެ.

6. ކެމިކަލްތަކުން ދުރުވޭ

ތުނބުޅި ފެޅުން އިތުރުކޮށްދޭށާއި ތުނބުޅި ރީތިކޮށްދޭން ކަމަށްބުނެ ވިއްކާ ގިނަ ޕްރޮޑަކްޓު ތަކަކީ މަތީ ދަރަޖައަކަށް ކެމިކަލް އެކުލެވޭ އެއްޗިއްސެވެ. ކެމިކަލްގެ ސަބަބުން ހިރުވައި، ދިލަނެގުން ފަދަ ކަންކަން ވެސް ކުރިމަތިވެއެވެ. އެހެންކަމުން، ތުނބުޅީގައި އުނގުޅުމަށް އެއްޗެއް ގަންނައިރު، ކެމިކަލް ނުހިމެނޭ އެއްޗެއް ގަންނާށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!