ތަލަ މީހުންނޯ އަބިންނަށް ހެވީ، ރޮމޭންޓިކީ ނުވިތާކަށް ބާރުވެސް ގަދައީ

ތިމާގެ ބައިވެރިއައަކި ބޮލުގައި އިސްތަށި މަދު މީހެއް ހެއްޔެވެ.؟ ނޫނީ ތަލަ މީހެއްހެއްޔެވެ.؟ އެއްގޮތަކަށްވެސް ލަނދުނުގަންނާށެވެ. އެފަދަ މީހުންނަކީ އެމީހުންގެ އެތެރެފުށުން ރީތިބައެކެވެ. އެ މީހުންނަކީ ހިތްހެޔޮ އަބިންނަށް އިހުތިރާމު ކުރާ ބައެކެވެ. އެފަދަ މީހުންނަކީ އެންމެ ރޮމޭންޓިކް މީހުންގެ ތެރޭގައިވެސް އެންމެ ކުރީގައި އުޅޭ މީހުނެވެ. އަދި ދިރިއުޅުން މެނޭޖުކުރުމާއި އިސްނަގައިގެން ކަންކަށްކުރުމުގެ ހުނަރުވެސް އެފަދަ މީހުންގެ ވަރަށް ރަގަނޅުކަމަށް ރިސާރޗުން ދައްކައެވެ.

ސޯޝަލް ސައިކޮލޮޖީ އެންޑު ޕާސަނަލިޓީ ސައިންސް އިން ކޮއްފައިވާ ރިސާޗެއްގައި ބުނާގޮތުން ތަލަ މީހަކަށް ވުމުން އެތަށް ފައިދާތަކެއްވެއެވެ.

މިރިސާރޗުން ބުނާގޮތުގައި އެހެން މީހުންނަށްވުރެ މި މީހުން %13 ކަންކެއްގައި ފަރުވާތެރިވާނެއެވެ. %6 ކަންކަން ކުރެވޭނެ ކަމަށް އުއްމީދުކުރާނެއެވެ. %10 ހަށިގަނޑުގެ މަސްތަކުގައި ބާރު ގަދަވާނެއެވެ. އަދި އެހެން މީހުންނަށްވުރެ ކަންކަމާއި ކުރިމަތި ލުމުގެ ބާރު %13 ތަލަ މީހުންގެ ގައިގާ އިތުރެވެ.

ބަލާ ވިސްނާ މީހަކަށް ކޮންމެ ކަމަކުންވެސް ފައިދާ ފެންނަ ފަދައިން މިކަންވެސް މިއޮތީ ބަލާ ހޯދުމަށްފަހު ސާބިތުކޮއްދީފައެވެ. ބޭރުފުށުގެ ތީރިކަމަށްވުރެ އެތެރެފުށުގެ ރީތިކަމުގެ ފައިދާ ބޮޑެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!