ކުޑަ ދަރިފުޅަށް ސީރިއަލް ދިނުމުގެ މުހިންމުކަން އިނގޭތަ؟

ދަރިންނަކީ މާތްﷲ އަހަރެމެންނަށް ދެއްވާ މަތިވެރި ނިއުމަތެކެވެ. ދަރިން ބެލުމުގައި އެބަޔަކަށްވީ އެންމެ ފުރިހަމައަކަށް ޒިންމާތަށް އަދާކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދަރިފުޅު އުފަންވާ ހިސާބުން ފެށިގެން އެންމެ ބޮޑަށް ވިސްނޭ އެއްކަމަކީ ދަރިފުޅަށް ދެވޭ ކާނާއާއި ދޭތެރޭގައެވެ. ދަރިފުޅަށް އެންމެ ފައިދާހުރި ކާނާ ފޯރުކޮއްދިނުމަށް ވަރަށްބޮޑު ސަމާލުކަމެއްދެވެއެވެ.

ދަރިފުޅަށް ކާންދޭން ފެށުމާއި އެކު ތަރުކާރީއާއި މޭވާއިން އައިސްއަލަމާރީ ފުރާލެވެއެވެ. އެކަމަކުވެސް އެގުން މުހިއްމު ކަމަކީ ދަރިފުޅަށް އެކަށީގެން ވާ މިންވަރަށް ސީރިއަލް ދިނުން ވަރަށް މުހިއްމެވެ. ސީރިއަލް އަކީ ހަނޑުފުއް،ގޮދަން ފުއް، ޒުވާރިފުއް ނޫނީ އެތަކެތިން ތައްޔާރުކުރެވޭ އެފަދަ ކެއުންތަކެވެ.

ތުއްތު ދަރިފުޅަށްދެވޭ މި ކެއުންތަކުގެ ސަބަބުން ހެދިބޮޑުވުމަށް އެންމެ މުހިއްމު މާއްދާކަމަށްވާ ދަގަނޑުގެބައި ހަށިގަނޑަށް ލިބިގެންދެއެވެ. ތުއްތު ދަރިފުޅުގެ ސިކުނޑި އުފެދި ތަނަވަސްވުމުގެ އިތުރުން ދަގަނޑުބަޔަކީ ގާތުންބޯ ތުއްތު ދަރިފުޅުގެ ހަށިގަނޑު ފުރިހަމަ ވުމަށްވެސް ލިބޭ ބޮޑު ބާރެކެވެ. ތުއްތުއިރު ދެވޭ ސީރިއްލްގެ ސަބަބުން އަޔަންގެ އިތުރުން ޒިންކު،ކެލްސިއަމް ވިޓަމިން ބީ،ސީ އަދި އީވެސް ލިއްބައިދެއެވެ.

ކާންދޭން ފަށާ އުމުރަކީ ތުއްތު ދަރިފުޅު ކެއުމުގެ އުކުޅުތަށް ދަސްކުރާ އުމުރެކެވެ. ތުއްތު ދަރިފުލަށްދެވޭ ސީރިއަލްއަކީ ގިނަ ފަހަރަށް ވަރަށް ހިމުންކޮށް ތައްޔާރުކުރެވިފައި ހުންނަ އެއްޗަކަށްވާތީ އެކުދިން ހެފުމާއި ދިރުވުމަށް ފަސޭހަވެ ކެއުމަށް ޝައުޤުވެރިކް އުފެދެއެވެ.

ދެން އޮތްސުވާލަކީ މިފަދަ ކެއުންތަށް ދަރިފުޅަށް އެކަށީގެންވޭތޯއެވެ. އާއެކެވެ. ފިހާރައިއިގައި ޕެކެޓުކޮއްފައި ހުންނަ ސީރިއަލް ދިނުމަށް ޖެހިލުންވާނަމަ އަމިއްލައަށް ގޭގައި ތައްޔާރުކޮއްލާށެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމަށް ތަރުކާރީއާއި މޭވާ ބޭނުންވާ ފަދައިން ކެއުމުގައި ހިމެނުން މުހިއްމު ބާވަތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!