ޖުލައިގެ މުސާރަ ދޭ އިރު ޕްރޮންޓްލައިން އެލަވަންސް ދެނީ

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސް، ޖުލައި މަހުގެ މުސާރަ އާއެކު ޖަމާކުރާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ޕްރޮންޓްލައިން އެލަވަންސް ދިނުމަށްޓަކައި އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެ މަސައްކަތް ނިމިއްޖެ ނަމަ ޖުލައި މަހު މުސާރަ އާއެކު އެ އެލަވަންސް ޖަމާކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެލަވަންސްއެއް ހަމަޖައްސަވާފައިވާ ކަން ހާމަކުރެއްވީ މޭއި މަހުގެ ކުރީ ކޮޅުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!