އިތުރު 39 މީހަކު ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 39 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު ކޮވިޑް-19 އަށް މިއަދު 39 މީހުން ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހުންނާއި އިންޑިއާގެ 5 މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2801 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2302 އަށް އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އެއީ 67 މީހުންނެވެ.

ކޮވިޑަށް 62،767 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 14 މީހަކު ވަނީ މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!