އަދީބަށް 150 ދައުވާ ކުރެވެން އޮއްވާ 7 ދައުވާ ކުރީ ކީއްވެގެންތޯ ހައިލަމް ސުވާލު ކުރައްވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ދައުވާ ކުރެވެން އޮއްވާ ހަތް ދައުވާއެއް ކުރީ ކީއްވެގެންތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާއި ސުވާލު ކުރައްވައިފިއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފްކުރާކަން އިއުލާންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ ކުރެވޭނެ ލިޔުކިޔުންތަކެއް ހުރި ކަމަށާއި އެ ދައުވާގެ ހުކުމްތަކަށް ގާތްގަނޑަކަށް 806 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ، ތަހުގީގަށް ބަލާފައި މި ދައުވާގެ އަދަދު ގިނަވެސް ވެދާނެ ކަމަށެވެ.

ހައިލަމްގެ ޓްވިޓުގައިި ވަނީ އެއްބަސްވުމަކާއި ނުލައި 150 ދައުވާކޮށް 800 އަށްވުރެ ގިނަ އަހަރު ދުވަހަށް ޖަލަށް ލެވެން އޮއްވައި އެއްބަސްވުމެއް ހަދައިފައި ވަނީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ.

އަދި ދައުލަތަށް ބޮޑު ހިޔާނާތެއް ވެފައިވާކަމުގެ ކިތާބީ ހެކި ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިފައިވާއިރު، 150 ދައުވާ 7 ދައުވާއަށް ބަދަލުކުރީ ކީއްވެގެންތޯ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

  1. ވެދާނެ ވަކި މީހަކު ބުނާ ގޮތަށް ހުކުމް ކުރަން ހައިލަމް ގޮތަށް ވަކި ސާއަތަކަށް ނޭގެނީ ކަމަށްވެސް، އެތައް އިޖުރާތެއް ފުރިހަމަ ނުކޮށް ވަކިފަރާތަކަށް ލެނބިފައިންްނަ ފަދަ ބީދަޔަކުން ނޭގެނީ ކަމަށްވެސް، އެންމެން ގެ ހައިލަމް ގެ ހުންނަ ކަހަލަ ވިސްނުންނުހުރެދާނެ، ދަންވަރު ހުކުމް އެންމެން ނިދީމަ ސިއްރިއްޔާތު ގާ ނެރެން، ވަކި އިޝާރަތަކައް ބަލައިގެން ވަކި އަދަދެއްގެ މައްޗަށް ނެރޭގޮތަށް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!