ހިތަދޫ ފްލެޓެއްގެ 3ވަނަ ފަންގި ފިލާއިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ސ. ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓެއްގެ ތިންވަނަ ފަންގި ފިލާއިން 2 އަހަރުގެ ކުއްޖަކު ވެއްޓިއްޖެއެވެ.

އައްޑޫ ސިޓީގެ ހަބަރުތައް ގެނެސްދޭ “އައްޑޫ ލައިން” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުއްޖާ މިހާރުވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށް ކުއްޖާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު “އައްޑޫ ލައިވް” އަށް ވިދާޅުވީ ފްލެޓު އިމާރާތުގެ 3 ވަނަ ފަންގި ފިލާއިން ވެއްޓުނު ކުއްޖާއަށް ފަރުވާ ދެމުން އަންނަ އިރު އެކުއްޖާގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތްކަމަށެވެ. އަދި މިހާރު އެތެރެހައްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް ސީޓީ ސްކޭނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!