ގާޒީ އިސްމާއިލްގެ މައްސަލަ ހުށަހަޅަން ނިންމެވުން ގޯސް: ޑީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މިއަދު ނިންމާފައިވާ ނިންމުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމެވުމަކީ ގޯސް ކަމެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވަން ޝަމީމް ނިންމެވުމުން އެކަމަށް ފާޑުވިދާޅުވެ، ޑރ. ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަނޑިޔާރެއްގެ ޤަޟާއީ ނިންމުމަކަށް ފާޑު ކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިހްތިސޯސް ނެތް ސިޔާސީ ބޮޑީއަކަށް އެ މައްސަލަ ހުށަހެޅުމަކީ ޕީޖީ ބަޔަސްވެފައި ވާކަމުގެ ދަލީލެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.

ޑރ. ދީދީ ފަނޑިޔާރު ކަމުން ވަކިކުރީ ވެސް ފަނޑިޔާރު ކަމުގައި ހުންނަވައިގެން ނިންމެވި ބައެއް ނިންމެވުންތައް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ޖޭއެސްސީއިން ނިންމި ނިންމުމަކާ ގުޅިގެންނެެވެ.

އެކަމާ ގުޅިގެން މިއަދު ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިއަދު ނެރުއްވާފައި އޮތް ނިންމެވުމަކީ ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ވެސް އަދި އެ ގަބޫލު ނުކުރާ ކަމަށް ވެސް އަދީބު ވެސް ވިދާޅުވެފައި ނެތް ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލައެއްގައި ފަނޑިޔާރު ބައްލަވަން ޖެހޭނީ ކޯޓަށް ހުށަހަޅޭ ލިޔުންތަކާއި ދެ ފަރާތުން ދައްކާ ވާހަކަތަކަށްކަން ގާނޫނުން ވަރަށް ސާފެވެ. އެހެންވެ، މި ހުކުމް އައިސްފައި އޮތް ގޮތެއް ސާފުނުވާ ކަމަށާއި އަދި މިކަން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

  1. އަދިވެސް އުއްތަމަ ފަނޑިޔާރު ގެ ވިސްނުމުގާ ބާ، އެހެންވާނެ، އެވަރަކަށް ނޫންވިއްޔާ ކައިބޮއެ ހެދުނީ ކީ، ގިނައިން ކައިބޮއެ މީހާއަށް ތުރާވާ ވަރަށް ހެދުމަކީ ލޮޑުވާ ކަމެއް،

    0
    0
  2. ގޯސްކޮށް ކަންތައްތަކެއް ކޮށްގެން ވަކިކޮށްފަ ހުރި ފަނޑިޔާރެއް ތިކަހަލަ ވާހަކަ ދެއްކީމަ ކިހިނެއް ޤަބޫލުކުރެވޭނީ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!