ރައީސް އެއާޕޯޓް އަށް ވަޑައިގެން މާދަމާ އަށް ވެފައިވާ ތައްޔާރީތަށް ބައްލަވާލައްވައިފި

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވަޑައިގެން މާދަމާ އަށް ވެފައިވާ ތައްޔާރީތަށް ބައްލަވާ ލައްވައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއާއެކު ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް ފަށަން ތައްޔާރުވެފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 14 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި މިއަދު މަރުވި 79 އަހަރުގެ ދިވެހި އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖެއިން ޖުމްލަ 2761 މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 2290 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި 14 މީހަކު މަރުވެފައިވާއިރު މިވަގުތު ފަރުވާ ހޯދަމުން ދަނީ 444 މީހުންނެވެ. އޭގެ ތެރެއިން 727 މީހުން ޕޮޒިޓިވްވެފައި ވަނީ ނިއު ނޯމަލްގައި މާލެ ސަރަހައްދު ހުޅުވާލުމާއެކުއެވެ. ނިއު ނޯމަލްގައި ޖޫން 15 ގައި މާލެ ހުޅުވާލުމާއެކު ޕޮޒިޓިވްވި މީހުންގެ ތެރެއިން ތެރެއިން 395 މީހުންނަކީ ދިވެހިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!