ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށް ޝާހިދު ކޮށްދެއްވާ މަސައްކަތަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ހާރިޖީ ހިދުމަތް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާ ވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ހައްގުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތް ކުރުންކަން ފާހަގަ ކުރައްވައި، އެކަން ކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ކޮވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހި ކުރުމަށް ހާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވި ކަމަށާއި ދިވެހި ހާރިޖީ ހިދުމަތް ހަރުދަނާކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ރައީސް ފާހަގަ ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒު ހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!