އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް އެދެނީ

ދައުވާތަކުން ސަލާމަތްވެ މިނިވަންވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފުރައިގެން ނުދެވޭ ގޮތަށް އަމުރެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި، ހަތް ދައުވާ ބާތިލްކުރި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނެ ކަމަށާއި، ލިޔެކިޔުންތައް ތައްޔާރު ކުރެވުނުހާ އަވަހަކަށް ހައި ކޯޓަށް މައްސަލަ ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ހައިކޯޓުގައި މި މައްސަލަތައް އިސްތިއުނާފް ކުރަން ނިންމާފައިވާތީ، އަދީބު، ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުުމުގެ އަމުރެއް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު، އަންގާރަ ދުވަހުގެރޭ ކްރިމިނަލް ކޯޓަށް ހުށައެޅޭ ވަރު ވާނެ ކަަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އަދީބަކީ ފިލުމުގެ ރެކޯޑް އޮންނެ ބޭފުޅަކަށް ވާތީ، އެ އަމުރު ނެރެއްދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރި މައިގަނޑު ސަބަބަކީ، ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އިއުތިރާފުގެ އެއްބަސްވުމާ ނުލާވެސް، ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށައަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!