އާސަންދަ އޮފީހުގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

އާސަންދަ އޮފީހުގެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވް ވެފައި ވަނީ އެ އޮފީހުގެ ޑްރައިވަރެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ އެވެ. އޭނާ ހުރީ ގޭގެ ކަރަންޓީނުގަ އެވެ. އެ މީހާ ޕޮޒިޓިވްވެފައިވާއިރު އެ އޮފީހަކީ އެކި ހިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދާންޖެހޭ އޮފީހެކެވެ.

އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ލޮކްޑައުންއަށް ލުއި ދިންފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެގޮތުން މިދިޔަ ހަތަރު ދުވަހަކީ ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން ފެނުނު ދުވަސްތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!