ހުޅުދުއްފާރުން ހޯމް ކަރަންޓީނާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

މާލެއިން ރ. ހުޅުދުއްފާރަށް ގޮސްފައިވާ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ރަށު ކައުންސިލުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އަދި ފުލުހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އޭނާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!