ފުލިދޫ ގިރަމުންދާ މައްސަލަ ހައްލު ކުރުމަށް ހުށަހެޅި ޤަރާރު ބަލައިގަނެ ކޮމިޓީއަށް

ވ. ފުލިދޫ ގިރަމުންދާ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް، ގޮވާލައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

ޤަރާރު ބަލައިގަތުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެމްބަރުންގެ ވޯޓުންނެވެ. ޤަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. މިބިލް ދިރާސާ ކުރެއްވުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށެވެ.

މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ.

ފަޟުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާޔަށް ގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ފުލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށެވެ.

ފުލިދޫ ރަށްގިރައި ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް ފަޟުލްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!