ރާއްޖޭގެ ފުރަތަމަ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ނިންމާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބުނީ އެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އަދި މިދިޔަ އާދިއްތަ ދުވަހުގައި ކަމަށެވެ. ދެދުވަހުގެ މުއްދަތަށް ބޭއްވި މިކޮންފަރެންސްގައި 150 އަށްވުރެ ގިނަ ފަރާތުން ބައިވެރި ކަމަށް މާޕުން މަޢުލޫމާތުދެއެވެ.

“Creating a Value-Driven Learning Culture” ތީމް ގެ ދަށުން ބޭއްވި މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ، ސައުތު އެފްރިކާ، ޔޫކޭގެ އިތުރުން ސިންގަޕޯރގެ މަޝްހޫރު 20 ސްޕީކާސްއިން ސެޝަންތައް ނަގާދީފައިވެއެވެ. މިކޮންފަރެންސްގެ ކީނޯޓް ސްޕީކަރ އެއްގެ ގޮތުން ބައިވެރިވީ ރޮން ކޮފްމަން އެވެ. މީގެ އިތުރުން އިންޑިއާގެ ސްޕީކާސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ކިރުބާ ޝަންކަރު ވެސް ސެޝަނެއް ނަގާދީފައިވެއެވެ.

މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ ވާޗުއަލްކޮށް ކޮންފަރެންސް ކުރިއަށް ދިޔަ ނަމަވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ކަމަށާއި އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ގިނަ ކޮންފަރެންސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!