ގޭގައި މަސައްކަތް ކުރެވޭ ހުރިހާ މުވައްޒަފުން މިއަހަރު ނިމެންދެން މަސައްކަތް ކުރާނީ ގޭގައި ތިބެގެން: އުރީދޫ

އުރީދޫގެ މުވައްޒަފުންގެ ތެރެއިން ކޮންމެހެން އޮފީހަށް ނިކުމެ މަސައްކަތްކުރަންޖެހޭ މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންވެސް މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ ގޭގައި ތިބެގެންކަމަށް އުރީދޫ ގުރޫޕުން ހާމަކޮށްފިއެވެ.

ގަތަރުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުން އާދިއްތަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތް ކުރުމަށް ކޮންމެހެން އޮފީހަށް ދާން ނުޖެހޭ ހުރިހާ މުވައްޒަފުންނަށް މިއަހަރު ނިމެންދެން ގެއިން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އުރީދޫ ގްރޫޕަކީ މުޅި ސަރަހައްދުންވެސް އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ކުންފުނިކަން މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އުރީދޫ ގުރޫޕުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން މަސައްކަތްކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުތަކަށް ފަސޭހަ ބަދަލުތަކެއް މި ނިންމުމާއެކު އަންނާނެކަމަށް އުރީދޫ ގުރޫޕުން ހާމަކުރެއެވެ. އަދި އަޖުމަ ބެލުމަށް ފެށި ޕްރޮޖެކްޓުން މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުރީދޫ ގުރޫޕުން ދެކެއެވެ.

އެކުންފުނީގެ މި ނިންމުމާއި ގުޅޭގޮތުން އުރީދޫ ގުރޫޕުގެ ސީއީއޯ ޝައިޙް ސައުދު ބިން ނަސީރު އަލްޘާނީ ކޯވިޑް-19އާއެކު ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. މިއާއެކު އެކުންފުނީގެ ހިންގުމަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އަދި ގިނަ ގޮންޖެހުންތަކަކާއެކު ކުންފުނިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައިކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!