ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަށް ހިތްވަރުދޭތީ ކަންބޮޑުވޭ: ޔޫތް މިނިސްޓްރީ

ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޖަމިއްޔާ އާއި ޖަމާއަތްތަކުން ވާހަކަ ދައްކަމުންދާތީ ކަންބޮޑުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޖަމިއްޔާތަކުން ސޯޝަލް މީޑިޔާ އާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ވާހަކަދައްކާތީ ކަންބޮޑުވާ ކަމަށެވެ.

މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުމަށް ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން އެ ހައްގުގެ ބޭނުން ކޮށްގެން ހިންގާ ހަރަކާތްތަކަށާއި ވާހަކަތަކަށް އެ މިނިސްޓްރީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމިއްޔާ ޖަމާއަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިންގާ ކަންތައްތައްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުން ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!