ސިއްހީ ކުއްލި ހާލަތުގެ ގަރާރުގެ ބިލް ބަލައިގެންފި

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުން ވޯޓުންނެވެ. މިބިލް ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ. މިބިލް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އިޖުތިމާއި މައްސަލަތަކަށްވުރެ ޤާނޫނީ މައްސަލަތަކެއް ހައްލުކުރުމަށް ހުރުމުން ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭގޮތް އިންތިޒާމްކުރުމަށާއި، މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭގޮތް ހަދައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް މިހާރަށްވުރެ ބޮޑަށް ސާފުކުރުމުގެ ގޮތުން ހުށައަޅާފައިވާ ބިލެއްކަމަށް ބިލް ހުށައެޅުއްވި މެންބަރުވަނީ ވިދާޅުވެފައެވެ.

މި ބިލުގައިވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ބައެއް އިތުރުކުރުމަށެވެ. އަދި އިތުރުކުރާ ބަޔަށް 4 މާއްދާގެ ހިމެނުމަށްވެސް ވަނީ ހުށައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!