މުޒާހަރާ ކުރެވޭނީ ހަމަ އެކަނި ކާނިވާ ސަރަހައްދުގައި: ހޯމް މިނިސްޓްރީ

މުޒާހަރާތައް ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

މާލޭގައި މި ފަހުން ވަނީ ގިނަ އިހުތިޖާޖުތަކެއް ކޮށްފައިކޮށްފައެވެ. މިކަންކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް ކުރިޔަށް ގެންދެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށާއު އަދި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުޅަނދު ބުރުތަކާއި އެއްވުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަން މީގެ ކުރިންވެސް އެ މިނިސްޓްރީ އިން ކަނޑައަޅާފައި ވާނޭ ކަން ހަނދާން ކޮށްދީފައެވެ. މިކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!