ކޭބަލް ކާރު އަޅާނަމޭ ނުބުނަން: ޖާބިރު

ކޭބަލް ކާރު އަޅާނަމޭ ނުބުނާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމުން ޖާބިރު ވިދާޅުވީ، ކޭބަލް ކާރު އަޅާ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށާއި ވިދާޅުވެފައި ވާނީ ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލާއި، އިގްތިސޯދީ ބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ވާހަކަ ކަމަށެވެ. 

ކޭބަލް ކާރު ނޭޅޭނެ ކަމަށް ގާފަރު ރައްޔިތުން ބުނަމުން އަންނަކަމަށް ބުނުމާއެކު ޖާބިރު ވިދާޅުވެފައި ވަނީ ކޭބަލް ކާރު އަޅަން އެރަށުގެ ރައްޔިތުން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދަވާފަ އެވެ. ނުވަތަ ގާފަރު ރައްޔިތުންގެ އެކަން ކުރުމަށް ފައިނޭންޝަލް ރިސޯސަސް ހުރިތޯ ވެސް ސުވާލު އުފެއްދެވި އެވެ. 

ޖާބިރު އިތުރަށް ވިދާޅުވީ، އެތަނުގައި ކޭބަލް ކާރު އަޅާ، ސިޓީއަކަށް ޑިވެލޮޕްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝތު ނަހުލާއާ މަޝްވަރާކުރެއްވިކަމަށާއި، އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ކާށިދޫއާއި ގާފަރަށް ވަޑައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖާބިރު ވަނީ، އެދޭތެރޭގައި ކޭބަލް ކާރު އަޅައިގެން ދަތުރުކުރަން ފައިސާ ހުރީ ކާކުގެ އަތުގައިތޯ ވެސް ސުވާލު އުފައްދަވާފަ އެވެ. އަދި 30000 މީހުންގެ އާބާދީއާއެކު އެތަން އޮޕަރޭޓް ކުރަން ފަށާއިރު އެތަނުގައި ވިޔަފާރިތައް ވެސް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.”މިހާރު އެރަށުގެ ދެމެދުގައި ތިބި މީހުން ދުއްވާކަށެއް ނޫނޭ ކޭބަލް ކާރު އަޅަން އަޅުގަނޑު ބުނީކީ،”

ޖާބިރު އިތުރަށް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ކޮންމެ އަހަރަކު ވަމުން އަންނަ ވައުދުތައް ވެސް ފުއްދަމުން އަންނަ ކަމަށެވެ. ވައުދު ރައްޔިތުންނަށްވީ ދިރާސާތައް ނުކޮށްތޯ ސުވާލުކުރުމުން ޖާބިރު ވަނީ ރައްޔިތުންނަށްވީ ވައުދަކީ އެތަން ސިޓީއަކަށް ބަދަލުކުރުން ކަމަށާއި އެކަމުގެ ތެރޭގައި ކޭބަލް ކާރު ވެސް ހިމެނޭއިރު ސިޓީ ނަހަދާ އެތަނުގައި ކޭބަލް ކާރު އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!