އިބްރާހިމް އިސްމާއިލް ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ

ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް ވެއްޖެއެވެ.

އުމުރުން މިހާރު 70 އަހަރު ވެފައިވާ އިބްރާހީމް އިސްމާއިލް އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާއިރު، ކޮވިޑަށް ޕޮސިޓިވްކަން އެނގުނީ، ހުން އައުމުން ޑޮކްޓަރަށް ދެއްކުމާއެކު، ވައިރަހަށް ޓެސްޓް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބްރާހީމް އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް ވުމާއެކު، އެ އާއިލާގެ މެންބަރުން އަންގާރަ ދުވަހު ވައިރަހަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

އިބްރާހީމް އިސްމާއިލް ވިދާޅުވީ މިހާރު ޙާލު ރަނގަޅުކަމަށާއި، ކޮވިޑް-19ށް ޕްޒިޓިވްވީ ސީދާ ކޮންތާކުންކަން އިނގި ނުލައްވާ ކަމަށާއި، މި ދުވަސްވަރުގެ ގޮތުން ބޭރަށް ނިކުމެ ނޫޅުއްވާ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އާއެކު ވަޑައިގެންނެވި ކަމަށް އިބްރާހީމް އިސްމާއިލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!