މެންބަރުން ގަޑި ޖެހުމުން މުސާރަ ކެނޑޭ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ވެސް ބަލަންޖެހޭ ގޮތަށް ހަމަޖައްސަައި، އެ ރެކޯޑަށް ބަލައިގެން މުސާރަ އާއި އިނާޔަތް ދިނުމަށްޓަކައި މަޖިލީހުގެ ގަވައިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ބަދަލެއް ގެނައުމަށް އާއްމު ކޮމިޓީގައި އެދޭކަމަށެވެ. 

މަޖިލީހުގެ މަސައްކަތް ފަށާގަޑިއަކީ 08:30 ކަމަށާއި، ޖަލްސާ ފަށާގަޑި އަކީ 09:00 ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ހާޒިރީގައި ސޮއި ކުރާއިރު މަޖިލީހަށް ހާޒިރުވާ ގަޑި ޖެހުމަށް އިތުރު ކޮލަމެއް ހެދުމަށް އާއްމު ކޮމިޓިގައި އެދޭނެކަމަށެވެ. 

“ދެން އަޅުގަނޑު ދެކޭ ގޮތުގައި ހާޒިރުވާ ގަޑި އާއި މުސާރަައާ ގުޅުން އޮންނާނެ،” ނަޝީދު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!