ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ 59 ޕަސެންޓް ނިންމާލައިފި

ލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ 59 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ %59 ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިދިޔަ އަހަރުގެ މެއި 22 ވަނަ ދުވަހު ހަވާލުކުރި މި މަޝްރޫޢުގެ ދަށުން އެރަށުގެ 12 މަގެއްގައި 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެއެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!