ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 03 ވަނަ ދުވަހުހާ ހަމައަށް ސަރުކާރު ބަންދު

ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 03 ވަނަ ދުވަހުހާ ހަމައަށް ސަރުކާރު ބަންދުވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، މި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.

މި މަހުގެ 26 އަކީ މިނިވަންދުވަހެވެ. އަދި 27 ބަންދުވަނީ މިނިވަންދުވަހުގެ މުނާސަބަތުގައެވެ. މީގެ އިތުރުން ވެސް ސަރުކާރުން ވަނީ މިނުވަންދުވަހުގެ މުނާސަބަތާގުޅުވައިގެން މި މަހުގެ 28 އަދި 29 ވެސް ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަސް ހައްޖު ދުވަހަށް ވާއިރު 31 ވަނަ ދުވަހަކަީ އަޟްހާ އީދެވެ. އެ ދުވަސް ވަނީ ހުކުރު ދުވަހަކަށެވެ. އަދި އޯގަސްޓް 1 ވާ ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ވާ އިރު އޯގަސްޓް 2 އަދި 3 މި ދެ ދުވަހަކީ އަޟްހާ އީދާ ގުޅިގެން ބަންދު ކުރާ ދުވަސްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!