ރާއްޖެއިން އިތުރު 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ 31 މީހުން ކަމަށެވެ. އެއީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,762 އަށް އަރާފަ އެވެ.