ރ. އަތޮޅުގެ 70 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކު ދޯނި ތެރެއަށްވެއްޓި ލިބުނު ޒަހަމްތަކާއި ގުޅިގެން ލޭމަނާ ނުވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ރ. އަތޮޅުގެ 70 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދާ “ވިލޭޖް މެރިން” ނަމަކަށްކިޔާ ދޯނީގައި ހުރި ދިވެއްސެއް ވެއްޓި ބޯފަޅައިގެންގޮސް ކަމަށެވެ.
އެކަމުގެ ރިޕޯޓް މިއަދު 18:30 ހާއިރު ލިބުމުން އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން މިހާރު ހަރަކަތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.