1990 ގައި ނެރުނު ފިލްމް އާޝިގީ އަކީ ބޮކްސް އޮފީހުގައި 50 މިލިއަން ހަދާފައިވާ ފިލްމެކެވެ. ފުރަތަމަ ފިލްމުން ކާމިޔާބް ހާސިލް ކުރި ފިލްމުގެ ބަތަލާ އަނޫ އަގަރުވާލު ވަން ފިލްމް ވަންޑާއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކަށް އެގިފައިވެއެވެ.
މިހާރު އަނޫދަނީ އޭނާގެ ހަޔާތުގެ މައްޗަށް ހަދާ ނެޓްފްލިކްސް ސީރީޒް އަކަށް ތައްޔާރުވަމުންނެވެ. މި ތައްޔާރީ ތަކުގެ ތެރޭގައި އަނޫ ވަނީ ކާސްޓިން ކޯޗް އިންސިޑެންޓެއް ގެ ވާހަކަ ކިޔާ ދީފައިއެވެ.
ޕިންކް ވިލާއަށް އެންމެ ފަހުންދިން އިންޓަވިއުގައި އަނޫ އޭނާގެ އެހާ އެކްސްޕީރިއަންސް ނެއް ކަމުގައިވިޔަސް ޑައިރެކްޓާރ މަހޭޝް ބަޓް އަނޫގެ ގެޔަށް ވިސްކީ ފުޅިއެއް ހިފައިގެން އައިކަމަށް އަނޫ ބުންޔެވެ. އަދި ސްކްރިޕްޓް ކިޔާ ދިނުމުގެ މެދުތެރެއިން އެ ވިސްކީ ފުޅި ބޯން ފެށިކަމަށް އޭނާ ބުނެފައިއެވެ.
މީގެއިތުރުން މީޓޫ މޫވްމެންޓްއާއި ބެހޭގޮތުން އަނޫގެ ތަޖުރިބާ ހިއްސާކުރަމުން އުމުރުން އެންމެ 13 އަހަރުން ފެށިގެން އަނޫއަށް ޖިންސީ ފުރައްސާރަ ކުރަމުން ދާކަމަށް އޭނާ ބުނެފައިވެއެވެ. ރޭޕްވާން ބޭނުން ނޫނީއްޔާ އަންހެން ކުއްޖަކު ޖެހޭނީ ފިރިހެނަކު ބުނާހާ އެއްޗަކަށް އެއްބަސްވުން ކަމުގައި އެމީހުން ދެކޭ ކަމުގައި އަނޫ ބުނެއެވެ.
ނަމަވެސް ނޫންގެ މާނައަކީ ނޫން ކަމުގައި ގަބޫލު ކުރަން ދަސްކުރަން އެބަ ޖެހޭކަމަށްވެސް އަނޫ ވަނީ ބުނެފައިއެވެ. އަދި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް އަޑު އުފުލުމަށް ވެސް އަނޫ ވަނީ ގޮވާލާފައިއެވެ.