ބިދޭސީންގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ އަދަދު 40 އަށް

ސިފައިންނާާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ކުރި މުޒާހަރާއާ ގުޅިގެން 22 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މުޒާހަަރާ ހޫނުވެ ފުލުހުންތަކަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަށް އަދި އެ ސަރަހައްދުގެ ބައެއް ގެތަކަށް ގެއްލުން ލިބިފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން މިހާތަނަށްޖުމްލަ 40 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ވަނީ ކުރިން 22 މީހަކު ވެސް ފުލުހުްނގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާރު މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މުޒާހަރާ ކުރި ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްްގެ ލޭބާ ކުއާޓާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، ފުލުހުްނގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތެރިވަމުންދާ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ވެސް ބިދޭސީންތަކެއް މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފައިވެ އެވެ. ފުލުހުން މިހާރު އެ މުޒާހަރާ ކޮންޓްރޯލް ކޮށްފައިވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ވެސް މުސާރަ ނުލިބިގެން ބިދޭސީންތަކެއް ހުޅުމާލޭގައި މުޒާހަރާ ކުރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!