އޭދަފުށި މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ 79 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

އެމްޓީސީސީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ 38.4 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢޫގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސަރވޭކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް 22 އޭޕްރިލް 2019 ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން ސްޓޯރމް ވޯޓަރ ނެޓްވަރކް ގާއިމް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލެޔަރ އެޅުމުގެ މަސައްކަތުގެ 64 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!