ބްރޯޑްކޮމް ކުރިމަތީ އިދިކޮޅުން އިހުތިޖާޖު ކުރަނީ

ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރިމަތީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެ އިހުތިޖާޖުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.

އިހުތިޖާޖު ކުރަމުންދާ ފަރާތްތަކުން އަންނަނީ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. އަދި ވަކި މީޑިޔާތަކަށް ވަކި ގޮތެއް ހެދުން ހުއްޓާލުމަށް ވެސް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުންދާއިރު އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބްރޯޑްކޮމްގެ ކުރިމަތީގައި އިދިކޮޅުން މުޒާހަރާ ކުރަމުންދާއިރު ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޗެނަލް 13 އިން މައުލޫމާތު ގެނެސްދީފައިވަނީ އެކަމުގެ ތެދުކަން ކަށަވަރުކޮށްގެންތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ބްރޯޑްކޮމް އިން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!