ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.
ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި މިއަދު މުޒާހަރާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގައި، ބައެއް ފުލުހުންނަށް އަނިޔާވެ ވެހިކަލަކަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަދި މުޒާހަރާ ވެސް ވަނީ ރޫޅާލާފަ އެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެ އެވެ.
މުޒާހަރާ ކުރަމުން ދިޔަ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބާ ކުއާޓާގަ އެވެ.