ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ 47 މީހުން ކަމަށެވެ. އެއީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާ މީހެކެވެ.
ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ މިއަދެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,731 އަށް އަރާފަ އެވެ.