ފޮޓޯ: ގޫގުލް

ކުދިން ތަރުބިއްޔަތު ކުރުމަށް ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުން މުހިންމު: ޔުމްނާ

ކުދިން ތަރުބިއްޔަތު ކުރުމަށް އެކުދީން ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުން މުހިއްމު ކަމަށް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެކަމަނާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ފޮތް ކިޔުމަކީ މަޢުލޫމާތު މުއްސަނދިކޮށް، އުނގެނުމުގެ އަސާސީ މަސްދަރެއް ކަމުގައިވާއިރު، ޒަމާނީ ޓެކްނޮލޮޖީ އާއިއެކު ޒުވާން ޖީލު މި މުހިއްމު އާދައާއި ކޮންމެވެސް މިންވަރަކަށް ދުރުވެފައި ވާކަމީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފެންނަމުންދާ ޙަޤީޤަތެއް ކަމަށެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ފޮތް ކިޔުމަށް ޝައުޤުވެރިން އުފެއްދުމަށް މަސައްކަތްކުރާއިރު، ފޮތް ކިޔުވާއި ދަރިވަރުން ތަޢުލީމު އުނގެނުމުގައި ކުތުބުޚާނާތަކުން ނުވަތަ ލައިބްރަރީ މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް މި ފަދަ މުޖުތަމަޢުއެއްގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކިއެކި އަޑުތަކާއި އުނދަގޫތަކާއި ނުލައި ގޭގައި ފޮތް ކިޔައި ފިލާވަޅު ދަސްކުރުމަށް އެންމެ އެކަށޭނަ މާހައުލެއް ފަހިވެފައިވަނީ ވަރަށް މަދު ދަރިވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި، ކުތުބުޚާނާތައް ވެގެން ގޮސްފައިވަނީ މަޢުލޫމާތުގެ މުއްސަނދި ޚަޒާނާއެއްގެ އިތުރުން ފިލާވަޅު ދަސްކުރުމަށާއި، ދިރާސާކޮށް ކަންކަމާއި ވިސްނާ ފިކުރު ކުރުމަށް އެންމެ އެކަށޭނަ، ހަމަހިމޭން ޖާގައަކަށް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން ކުރިއަށްގެންދާ ހޮނިހިރު ދުވަހުގެ ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއި އެކު މިހާރު އޮންލައިންކޮށް ކުރިއަށް ގެންދެވޭކަމަށާއި، ކުޑަކުދިންގެ ލައިބްރަރީގެ ފޭސްބުކް ޕޭޖްގައި ހޮނިހިރުން ހޮނިހިރަށް ކުރިއަށް ދާ އެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވަމުން ގެންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!