ސަފާރީތައް އޮޕަރޭޓްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ބޯޑަރު ހުޅުވާލާއިރު ސަފާރީ ބޯޓު އޮޕަރޭޓްކުރުމުގައި ހުރި ދަތިތަކާއި، ކަންބޮޑުވުންތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ ފައްޔާޟު މަޝްވަރާކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ، ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑާއި މިނިސްޓަރ ފައްޔާޟު އިސްމާއިލް ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ބޯޑަރު ހުޅުވާލާއިރު ސަފާރީތަކުން އަމަލުކުރަން ޖެހޭނެގޮތްކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހުރި ކަންބޮޑުވުންތައްކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންޖީނިއަރިންގ ކަހަލަ މަސައްކަތްތަކަށް ސަފާރީއަށް އަންނަ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއްގައި ސަފާރީގައި މަޑުކުރަންޖެހޭގޮތަށް އޮތުންކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރިސޯޓްތަކަށްދާ އިންޖީނިއަރިންގ މީހުން ޕީޕީއީލުމަށްފަހު މަސައްކަތް ނިމުމުން ފޭބޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!