ސްމިތުގެ ފުރައްސާރައިގެ މައްސަލަ ބަލަން ފަށައިފި

ޓުއަރިޒަމް މިނިސްޓްރީގެ އެގެޒެކަޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސްމިތު) ގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ފަށައިފިއެވެ.

ސްމިތު ކުރި ބޭއަދަބީ ޓްވީޓަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުރެގެން ދަށް ފެންވަރުގެ ވާހަކަދެއްކުން ގަބޫލު ނުކުރެވޭ ކަމަށާއި ސްމިތު ދެއްކި ވާހަކައަކީ ވަރަށް ލަދުވެތި އަދި ދަށުދަރަޖައިގެ ވާހަކައެއް ކަމަށެވެ. އަދި އެމައްސަލަ ބަލަމުން ދާ ކަމަށެވެ.

ސްމިތު ކުރި ޓްވީޓްގައި ބުނެފައިވަނީ ” ލަމް ރޭޕް ކުރީމަ ކަޑަވަނީދޯ” މިހެންނެވެ. ސްމިތް މިހާރު ވަނީ އޭނާ ކުރި ޕޯސްޓު ޑިލީޓު ކޮށްލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!