ސްޕެއިން އިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ މަގާމަށް އިބްތިޝާމް

ރާއްޖޭގައި ހުންނަ ސްޕެއިންގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އިބްތިސާމް އިބްރާހިމް މުހައްމަދު ދީދީ ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އިބްތިސާމް އެ މަގާމަށް އައްޔަނު ކުރެއްވި ފަތްކޮޅު އަރުއްވާފަ އެވެ.

ފަތްކޮޅު އެރުވުމަށްފަހު އިބްތިސާމާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފައެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ އެ މަގާމުގެ ޒިންމާތަކާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާމެދު މަޝްވަރާ ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!