މަޝްހޫރު އިންޑިއާގެ ޑްރާމާ ސީރީސް ކަސައުޓީގެ ތަރި، ޕާތު ސަމްތާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކަސޯޓީ ޒިންދަގީ ކޭގައި އަނުރާގުގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޕާތު، ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން ޓްވިޓާގައި ހިއްސާކޮށްފައެވެ. ޕާތު ކޮވިޑަށް ޕޮސިޓިވްވުމާއެކު، އެ ޝޯގެ ޝޫޓިންތައް ވެސް މިވަނީ މެދުކަނޑާލާފަ އެވެ.
ޕާތު ކޮވިޑަށް ޕޮސިޓިވްވުމާއިއެކު އޭނާއާއިއެކު މަސަތްކަތްކުރާ ތަރިން ވެސް ބައްޔަށް ޓެސްޓްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.