މަޝްހޫރު އެކްޓްރެސް އައިޝްވަރްޔާ ރާއީ ބަޗަން އާއި ދަރިފުޅު އާރަދްޔާ ބަޗަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަހަރާޝްތްރާގެ ހެލްތް މިނިސްޓާ ރާޖެޝް ޓޮޕޭ ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ އައިޝްވާރްޔާ އާއި އަރާދްޔާ ޕޮޒިޓްވިކަން ވަނީ ހާމަކޮށްފައިއެވެ. ނަމަވެސް ޖާޔާ ބަޗަން ވަނީ ޓެސްޓް އަށް ނެގެޓިވް ވެފައިއެވެ.
ކުރިން މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި އެންމެންވެސް ނެގެޓިވް ކަމަށް ވަނީ ބުނެފައިއެވެ.
އަމީތަބް އާއި އަބީޝެކް ވަނީ އިއްޔެ ކޮވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ނާނާވަތި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިއެވެ.