ސްޓެލްކޯގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޑެޓް (ސްޓެލްކޯ) ގެ ހެޑް އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުން ކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަން ފެށުމަކީ ކޮވިޑާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ގޭގެއަށް ރީޑިން ނަގަން ދިޔުމުގެ ބަދަލުގައި މީޓަރުގެ ފޮޓޯ ވެރިފަރާތުން ފޮނުވުމުން ބިލް ތައްޔާރު ކޮށްދޭ ގޮތް ހަދާފަ އެވެ. އަދި އެ އޮފީހަށް އަންނަ ފަރާތްތަކުގެ ރޯގާގެ އަލާމާތެއް ހުރިތޯ އާއި ހުން ބަލާފައި ނޫނީ އެތެރެއަށް ނުވައްދާ ގޮތްވެސް ވަނީ ހަދާފަ އެވެ.

ސްޓެލްކޯ އިން ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް މީގެ ކުރިން އަމިއްލަ ފަރާތަކުން ވަނީ ހުޅުމާލޭގައި ހުރި އޭނާގެ ފިހާރައިގައި އެފަދަ ގޭޓެއް ބަހައްޓާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!