ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބް ބަޗަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާގެ އަންހެނުން ޖާޔާ ބަޗަން އަދި ދަނބިދަރި އައިޝްވާރިޔާ ރާއީ ބަޗަން އާއި ކާފަ ދަރިފުޅު އަރާދްޔާ ބަޗަން ކޮވިޑް-19 އަށް ނެގެޓިވްވެއްޖެއެވެ.
އެހެންނަމަވެސް އަމީތާބްގެ ދަރިފުޅު އަދި ބޮލީވުޑްގެ އެކްޓަރ އަބީޝޭކް ބަޗަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އޭނާ ވަނީ ޓްވިޓަރ ގައި ހާމަކޮށްފައެވެ.
އަމީތާބް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި އާއިލާގެ މެންބަރުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ފައިތުވި ދިހަ ދުވަހު އޭނާއާ ބައްދަލުވެފައި (ކްލޯޒް ކޮންޓެކްޓްވެފައި) ހުރި މީހެއް ނަމަ އަވަހަށް ޓެސްޓް ކުރުމަށް ބައްޗަން ވަނީ އެދިފައެވެ.
އިއްޔެ އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އޭނާ އަށް އަންނަނީ މުމްބާއީގެ ނަންވާތީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.